ތިންވަނަ ފަހަރަށް ގުޅީފަޅު ތަރައްގީކުރުމުގެ މާސްޓާ ޕްލޭން ތައްޔާރުކުރުމަށް ހަވާލުކޮށްފި
ގުޅީފަޅާއި މާލޭ އުތުރު ފަރާތުގެ ބަނދަރު ތަރައްގީކުރުމުގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ބޭރުގެ ކުންފުންޏަކާއި އެކު ޕްލޭނިންގ މިނިސްޓްރީން ސޮއިކޮށްފިއެވެ.
މިއީ މިފަދަ ޕްލޭނެއް ދައުލަތުން ތައްޔާރުކުރާ ތިންވަނަ ފަހަރެވެ.
އެ މިނިސްޓްރީން މި މަސައްކަތް 650،000 ޑޮލަރަށް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ އެޗްކިޔު ކުންފުންޏާއިއެވެ. އެ ކުންފުނީގެ ފަރާތުން މި މަސައްކަތް ނިންމާލުމަށް ހަަމަޖެހިފައިވަނީ 8މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
އެ މަސައްކަތް އެޗްކިޔު ކުންފުންޏާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ގުޅީފަޅު ތަރައްގީކުރުމުގެ ޕްލޭންގެ ދަށުން މާލޭގައި ކުރާ ބައެއް މަސައްކަތްތަކާއި ގުދަންތައް އެ ރަށަށް ބަދަލުކުރެވޭނެކަމަށެވެ. އޭގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް ލުޔެއް ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް