ހަ ރައީސުންނަށް ޚިދުމަތް ކޮށްދެއްވި ދޮންނަ ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ހާސިލުކުރަައްވައިފައިވާ، މ. ފަތްކޯނި، އިބްރާހީމް ޙަލީމް (ދޮންނަ) ނިޔާވެއްޖެ އެވެ.
ދޮންނަ އަކީ ބައި ގަރުނަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ހިދުމަތުގެ ބޮޑުބައެއް ހޭދަކުރެއްވީ މުލިޔާގޭގަ އެވެ.
ކުރީގެ ރައީސުން ހިމެނޭހެން ހަ ރައީސުންގެ އަރިހުގައި އޭނާ ވަނީ މަސައްކަތް ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ހަލީމް ނިޔާވުމުގެ ހިތާމައިގައި އެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފަ އެވެ. ރައީސްގެ މެސެޖުގައި ބައި ގަރުނަށްވުރެ ދިގު މުއްދަތުގެ އިޚުލާޞްތެރި ޚިދުމަތުގެ ބޮޑުބަޔެއް މަރްޙޫމް އިބްރާހީމް ޙަލީމް ހޭދަކުރެއްވީ މުލީއާގޭގަައި ކަމަށާ ކުރީގެ 6 ރައީސުންގެ އަރިހުގައި، ކަމޭހިތުމާއި ފަރުވާތެރިކަމާއެކު މަސައްކަތް ކޮށްދެއްވައިފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ މެސެޖުގައި މާތްﷲގެ ތަނަވަސް ރަޙްމަތުގައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލެހެއްޓެވުން އެދި ދުއާ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް