ބ.އަތޮޅުގެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ޓޫރިޒަމް މިނިސްޓަރގެ އިސްތިއުފާާއަށް ގޮވާލައިފި
ބ.އަތޮޅުގެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިސްތިއުފާާއަށް ގޮވާލައިފިއެވެ.
އެފަރާތްތަކުން މިނިސްޓަރ އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލާ ޝުއޫރު ފާޅުކުރާ ވީޑިޔޯއެއް މީސް މީޑިޔާގައި ވަނީ އާންމުވެފައެވެ.
މި ވީޑިޔޯގައި ވާހަކަދެއްކި ފަރާތުން ބުނީ މިއީ ބ.އަތޮޅުގެ ރިސޯޓްތަކުގައި މަސައްކަތްކުރާ ހުރިހާ މަސައްކަތްތެރިންގެ ފަރާތުން އެދޭ ކަންތައްތަކެއް ގެނެސްދިނުމަށް ކުރަމުންދާ ކަމެއް ކަމަށެވެ. އެގޮތުން މިނިމަމް ވޭޖް ކަނޑައެޅުން އަވަސް ކުރުމަށާއި، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިސްތިއުފާއަށް މި ފަރާތްތަކުން ވަނީ ގޮވާލާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެބޭފުޅާ ރިސޯޓް މުވައްޒަފުންގެ ސާރވިސް ޗާޖާއި ގުޅިގެން ވިދާޅުވި ބަސްފުޅަށް ރައްދުދެމުން ދަނީ ފޭކް އެކައުންޓްތަކުންކަމަށްބުނެ ވިދާޅުވި ބަަސްފުޅަށް ގިނަބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ދާދިފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވަނީ ދިވެހިރާއްޖޭގެ ކީ އިންވެސްޓަރުންގެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ ސާރވިސް ޗާޖެއް ލިބޭކަމަށް ވިދާޅުވެފައެވެ.
އަލީ ވަހީދު މިހެން ވިދާޅުވުމާއި އެކު މީސް މީޑިޔާގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އާންމުންގެ ތެރެއިން ގިނަބަޔަކު ދަނީ މިނިސްޓަރަށް ފާޑުކިޔަމުންނެވެ.
މި ފާޑުކިޔުންތަކަށް ރައްދުދެއްވަމުން މިނިސްޓަރ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ނޫސް ކޮންފަރެންސްގައި ދެއްކި ވާހަކައިގެ އަސްލު އޮޅުވާލާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީއާއި ގުޅުންހުރި ހުރިހާ ފަރާތްތަކުގެ ހައްގުތަކަށް މި ސަރުކާރުން ހަމަހަމައަށް އިހުތިރާމްކޮށް ހިމާޔަތްކުރާނެކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް