އެޑޮޕްޓްކޮށްފައި ހުރި ކުއްޖާއަށް ކިޑްނީއެއް ހަދިޔާކޮށްފި
އިންޑިޔާގެ އަންހެނަކު، އޭނާ އެޑޮޕްޓްކޮށްފައިހުރި އަންހެންކުއްޖާއަށް ކިޑްނީއެއް ހަދިޔާކޮށްފިއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި މި އަންހެންމީހާއަކީ އެ ކުއްޖާ ފިޔަވައި ފަސް ފިރިހެން ކުދިންގެ މަންމައެކެވެ.
މީގެ ފަަނަރަ އަހަރު ކުރިން މި އަންހެންކުއްޖާ އެޑޮޕްޓްކުރި އިރުގައިވެސް މިއީ ބަލި ކުއްޖެއްކަން އިނގޭކަމަށްވެއެވެ. ނަމަވެސް އެ ބަލި ބޮޑުވެ، ކިޑްނީ ފެއިލްވުމާއި ކުރިމަތިލާން ޖެހުނީ މީގެ ދެ އަހަރު ކުރިންނެވެ.
އެ އަންހެންކުއްޖާ ދިޔައީ ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޑަޔަލިލިސް ހަދަމުންނެވެ.
އޭނާގެ މަންމައާއި ފަސް ބޭބެއިންވެސް ކިޑްނީދޭން އެއްބަސްވި ނަމަވެސް، އެ ކުއްޖާއާއި ކިޑްނީ ދިމާވީ ކުއްޖާގެ މަންމައާއި އެކަންޏެވެ. ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށްފަހު ކުއްޖާގެ ހާލު ދަނީ ރަނގަޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް