އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް!
އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.
މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ރޯދަމަހަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މައުލޫމާތުދެއްވައެވެ.
ކަލަންޑަރުގައިވާ ގޮތުގައި ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މެއި ހައެއް ވާ އަންނަ ހޯމަ ދުވަހެވެ.
އަންނަ އާދިއްތަ ދުވަހުގެ ރޭގައި ހަނދު ސާބިތުކުރުމުގެ ކަންތައްތައްވެސް ކުރިއަށްދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް