ުމުޣުނީގެ އެއްވެސް މައްސަލައެއް ނެތް: ފުލުހުން
މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ތިނަދޫ އުތުރު ދާއިރާއަށް އެމްޑީީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަބްދުލްމުޣުނީގެ އެއްވެސް މައްސަލައެއް ނެތްކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ މުޣުނީގެ މައްޗަށް ގެވެށި އަނިޔާގެ މައްސަލައެއް ހުށައަޅާފައިވޭތޯއާއި އަދި އެފަދަ މައްސަލައެއް ފުލުހުން ބަލަމުންދޭތޯ ސާފު ކުރަން މުޣުނީގެ ފަރާތުން ހުށަހެޅުމުން ފުލުހުން ދިން ޖަވާބު ސިޓީގައެވެ.
އެ ސިޓީގައި ބުނެފައިވަނީ އަބްދުލްމުޣުނީގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަަލައެއް އެއްވެސް އިރެއްގައި ހުށައެޅިފައިވާކަމަށް ރެކޯޑްތަކުން ނުދައްކާ ކަމަށެވެ.
ނަމަވެސް ގެވެށި އަނިޔާގެ ތުހުމަތުތަކާއި އެކު، އެމްޑީޕީގެ ޓިކެޓްގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރާ އަބްދުލްމުޣުނީއަށް ކުރި ތާއިދު އެޕާޓީން ވަނީ އަނބުރާ ގެންގޮސްފައެވެ.
މުޣުނީ ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް