މި އަހަރުގެ އަމީރުލް ހައްޖަކީ މިނިސްޓަރ އަސްލަމް
މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރަންދާ މީހުންގެ ކަންކަން އިސްކޮށް ބަލަހައްޓަވާނެ އަމީރުލްހައްޖުގެ ގޮތުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމް ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އަމީރުލްހައްޖަކީ، ހައްޖަށްދާ ދިވެހިންގެ ކަންކަން ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ހާއްސަ މަންދޫބެކެވެ. މިއަހަރު މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ، ހައްޖު ކޯޕަރޭޝަނާއެކު ހަ ޖަމާއަތަކަށް ދީފައިވާއިރު، މިއަހަރު ރާއްްޖެއިން 1،900 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރާނެއެވެ.
ރާއްޖެއިން ޙައްޖަށް ދާ ޖަމާއަތްތަކުގެ ތެރެއިން އެންމެ ފުރުތަމަ ގްރޫޕު ފުރާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެެވެ. އަދި އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހައްޖުވެރިން ފުރާ ނިމޭނެއެވެ.
މާލެއާއި ހުޅުމާލެއާއި ވިލިމާލެއިން ހައްޖައްދާ މީހުންނާއި އެމީހުންގެ އާއއިލާއަށް އެއަރޕޯޓަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސަފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް