ރަޝިޔާއަށް ވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ޚާރިޖީ ވަޒީރަށްކަށް ޝާހިދު
ރަޝިޔާއާއި ދިވެހިރާއްޖެއާއި ދެމެދު ސިޔާސީ ގުޅުންތައް ގާއިމްކުރެވުނު ފަހުން އެގައުމަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ފުރަތަމަ ޚާރިޖީ ވަޒީރަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވެވަޑައިގެންފިއެވެ.
މިކަން ވަނީ ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރގެއި ލަވްރޯވް، މިނިސްޓަރ ޝާހިދާއި އެކު ބޭއްވުނު ބައްދަލުވުމަށްފަހު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ފާާހަގަކުރައްވާފައެވެ.
ލަވްރޯވް ވިދާޅުވީ ދެ ގައުމުގެ މެދުގައި ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކަކީ ވަރަށް ކާމިޔާބު ބައްދަލުުވުންތަކެއްކަން ފާހަަގަކުރައްވައި، މިނިސްޓަރ ޝާހިދަކީ މިހާތަނަށް ރަޝިޔާއަށް ވަޑައިގެންނެވި ރާއްޖޭގެ ހަމައެކަނި ޚާރިިޖީ ވަޒީރުކަމަށް ވިދާޅުވެފައެވެ.
އެކަމުގެ ސަބަބުން ދެގައުމުގެ ގުޅުން ތަަރައްގީކުރުމަށް ބޭނުންވާ މިންވަރު ހާމަވެފައިވާކަމަށް ލަވްރޯވް ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތަފްސީލަށް ވަޑައިގަންނަވަމުން ލަވްރޯވް ވިދާޅުވީ ދެގައުމުގެ އިގްތިސާދީ ގުޅުން މިހާރު އޮތް މިންވަރާއި އިތުރަށް ފުޅާކުރެވިދާނެ ގޮތްތަކާއި މެދު މަޝްވަރާކުރެވުނު ކަމަށެވެ.
އެގޮތުން ރަޝިޔާގެ ދަނޑުވެރިކަމުގެ ސިނާއަތުގެ ތެރެއިން ދޫނީގެ ބާވަތްތަކަށް ރާއްޖޭގައި ބޮޑު ޑިމާންޑެއް އޮތްކަން ވަނީ ފާހަގަކޮށްފައެެވެ. އަދި ހަމަ އެހެންމެ، ރަޝިޔާގެ ވިޔަފާާރިވެރިންގެ ފަރާތުން ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް ފަދަ ތަކެތި އިމްޕޯޓްކުރުމަށް ޝައުގުވެރިވާކަން ލަވްރޯވް ބަޔާންކުރެއްވިއެވެ.
އަދި އެކަންތައްތައް އިތުރަށް ފުޅާކުރުމަށް ގުޅުންތައް ގާއިމްކުރުމަށްވެސް އެއްބަސްވިކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް