ގޮފިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ
މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ގަހަކުން ގޮފި ގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.
ގޮފި ވެއްޓިފައިމިވަނީ ނޮވެލްޓީ ކައިރި ފަރީދީ މަގުގައި ހުރި ގަހަކުންނެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ބަންގުލަދޭޝް މީހަކަށެވެ.
އަނިޔާވި މީހާއަށް މިހާރު އަންނަނީ އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ. އަދި މިހާތަނަށް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުން ހާމަކޮށްފައިނުވެއެވެ.
ފުލުހުން މައުލޫމާތު ދެއްވިގޮތުގައި މި ހާދިސާގެ މައުލޫމާތު ވަނީ އެފަރާތައް ރިޕޯޓުކޮށްފައެވެ. އަދި މި އެ މީހަކަށް އަނިޔާ ވުމުގެ އިތުރުން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ސައިކަލްތަކަށްވެސް ގެއްލުން ލިބިފައިވާކަމަށް ފުލުހުން ހާމަކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް