ކޮމިޝަން ހަދައިގެން އެމްޑީއެންގެ މައްސަލަ ބަލާނަން: އަބްދުއްރަހީމް
މިއަދު އިދިކޮޅުގައި ތިއްބެވި ބޭފުޅުންގެ ވެރިކަމެއްގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން އިސްލާމް ދީނާއި ނަބިއްޔާގެ ޒާތުފުޅަށް ހަޖޫ ޖަހައި ނެރުނު ރިޕޯޓުގެ މައްސަލައިގައި ހާއްސަ ވަކި ކޮމެޓީއެއް ހަދައިގެން ބަލާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވައިލައި، އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ އެމްޑީއެން އުވާލި ކަމަށްބުނެ އިއުލާން ކުރި ނަމަވެސް އެ ޖަމާއަތް އުވައިނުލާ ކަމަށެވެ.
މިއަދު އެމްޑީއެންގެ ރިޕޯޓު ލިޔުނު މީހުންނާއި އެކަމަށް ހިތްވަރު ދިން މީހުންނަށް ފިލައި ތިބެވިދާނެކަމަށާއި، ނަމަވެސް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ދުވަހެއް އަންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީއެންގެ ރިޕޯޓު ލިޔުނު މީހުންގެ މައްސަލަތައް ބަލައި ގާނޫނުގައި ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އެމްޑީއެން އިން ހިންގި ނުބައި ޖަރީމާއަކީ ދީނާއި ގައުމާ ދެކޮޅަށް ހިންގި ޖަރީމާއެއް ކަމަށާއި އެމީހުންނަށް ހައްގު އަދަބު ދޭނެ ކަމަށެވެ.
އެމްޑީއެން އުވައިލި ކަން ސަރުކާރުން އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް