އިންސާނުންގެ ގައިން ކަަރަންޓް އުފައްދާ އެއްޗެއް އީޖާދުކޮށްފި
އިންސާނުންގެ ގައިން ކަރަންޓް ހަކަތަ އުފައްދާ ޑިވައިސްއެއް، ދެކުނު ކޮރެޔާގެ ޒުވާން ދަރިވަރަކު އީޖާދުކޮށްފިއެވެ.
އިލެކްޓްރޯނިކްސް އެންޑް ޓެލެކޮމިއުނިކޭޝަންސް ރިސާޗް އިންސްޓިޓިއުޓްގެ ދަރިވަރަކު އުފެއްދި މި ޑިވައިސްގެ ފުޅާމިނަކީ 5 ސެންޓިމީޓަރެވެ. އަދި ދިގުމިނަކީ 11 ސެންޓިމީޓަރެވެ.
މި ޑިވައިސްގެ ޒަރިއްޔާާއިން ގައިގެ ހޫނުން ކަރަންޓް އުފައްދައި، އެ ކަރަންޓް ޕޯޓެބަލް ޑިވައިސްތަކަށް ފޮނުވައިދެވޭނެކަމަށް މި އުފެއްދުމުގައިި އިސްކޮށް ހަރަކާތްތެރިވި ޒުވާން ދަރިވަރު ވަނީ ބުނެފައެވެ.
މި ޑިވައިސްގެ ޕެޗްއެއްފަދަ އެތި ތާރމޯއިލެކްޓްރިކަލް ޑިވައިސްއެއްގައި ހަރުކުރުމުން، މީހާގެ ހަމާއި އެ ޑިވައިސްގެ ހޫނުމިނުގައި ވާ ތަފާތުން ދާހިއްލާ ފަދަ އިހުސާސެއް ފޯރުކޮށްދެއެވެ. އެއާއި އެކު ތާމޯއިލެކްްޓްރިކް ބާރު ފަސްގުނައަށް އިތުރުވެގެންދާކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.
މި އުފެއްދުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާއި މެދު މިހާރު ދަނީ ދިރާސާކުރެވެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް