ބިލެތްފައްސަށް އަށް ދިޔަ މުދާ އުފުލާ ބޯޓެއް ފަޅައިގެން ގޮސް އަޑިއަށް ހިގައްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލެއިން ފުރައިގެން ށ. ބިލެތްފައްސަށް ދަތުރުކުރި މުދާ އުފުލާ ބޯޓެއް ފަޅައިގެން ގޮސް އަޑިއަށް އަޑިއަށް ހިގައްޖެއެވެ.
އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުން އަޑިއަށް ގޮސްފައިވަނީ “އުޅިއަށި” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ.
އަދި އޭތި އަޑިއަށް ދިޔައީ ބިލެތްފަހީ ނެރުން ވަންނަން އުޅުމުގެ ތެރޭގައި އޮއިވަރެއްގައި ޖެހި، ނެރުގެ ހުޅަނގުފަރާތު ހިލަތަކުގައިޖެހި ފަޅައިގެން ދިޔުމުގެ ސަބަބުންނެވެ.
މި ބޯޓު ދިޔަވާން ފެށުމާއެކު ބޯޓު ބަދަރަށް ގާތް ކޮށްފައުވާއިރު ބަނދަރަށް ގާތްވިއިރު އޮތީ ބޯޓުގެ ބޮޑުބައި އޮތީ އަޑިއަށް ގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓު އަޑިއަށް ގޮސްފައިވަނީ ގިނަ އަދަދެއްގެ މުދަލާވެސް އެކުގައެވެ.
އެމްއެންޑީއެފް އިން ބުނީ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޅުދުއްފުށީގައި ތިބި ސިފައިން ދަތުރު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް