ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓް ކެނޑުނު ސަބަބު ހޯދަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓް ހިނގައްޖެއެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލު ''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު އެގާރައިގެ ފަހުން މުޅި އެއާޕޯޓުން ކަރަންޓް ކެނޑުނު ކަމަށެވެ.
ނަމަވެސް މިހާރު ކަރަންޓް ދީފައިވާ ކަމަށާއި އެކަން ހިނގަން މެދުވެރިވި ސަބަބު މިހާރު ހޯދަމުންދާކަމަށް އޮފިޝަލު ވިދާޅުވިއެވެ.
''އިންޓަނޭޝަނަލް ޓާމިނަލާއި ޑޮމެސްޓިކް ޓާމިނަލުންވސް ކަރަންޓް ކެނޑުނު. އެކަމަކު މިހާޜު ކަރަންޓްދީފައި ހުރީ. އެކަން ހިނގައިދިޔަ ގޮތް ޓެކްނިކަލް މީހުންނާ ގުޅިގެން ބަލަމުން މިދަނީ'' އޮފިޝަލު ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލައިގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއާޕޯޓަކީ ދުވާލަކު އެތައް ހާސް ބަޔަކު ހިދުމަތް ހޯދަމުންދާ އިންޓަނޭޝަނަލް އެއާޕޯޓަކަށް ވާއިރު، މިހާރަށްވުރެ ފުރިހަމައަށް ހިދުމަތް ދޭންޖެހޭކަމަށް އާންމުން ދަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް