ވެށިފަހި މާލެ ޕްރޮގްރާމްގެ އެންމެންނަށް ފްލެޓް ލިބޭނެ: ރައީސް ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހިންގި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު އެންމެންނަށް ފްލެޓްދޭނެކަަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރޭ އޮތް އެޖެންޑާ19ގެ ޚާއްސަ އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ވެށިފަހި ޕްރޮގްރާމުގެ ދަށުން އެ އެއްބަސްވީ 8765 އާއިލާއަކަށް ފުލެޓް ދޭގޮތަށްކަމަށާއި އެހެންކަމުން އެބޭފުޅުންނަށް ފްލެޓް ފޯރުކޮށްދޭނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެޖެންޑާ19ގައި އެއްވެސް މީހަކު ބާކީ ނުވާނެހެން ބޯހިޔާވަހިކަން ކަށަވަރުކުރުމަށް އޮންނާންޖެހޭނެއޭ ދެފުށްފެންނަ އުސޫލެއް ހެދޭނެކަމަށާއި އޭގެ ދަށުން ހާމަކަން ބޮޑުގޮތެއްގައި އަމަލުކުރުމަށް ލާޒިމުކުރާނެކަމަށެވެ.
" އަޅުގަނޑު އިންތިހާއަށް ދެރަވޭ ތިބޭފުޅާއަށް ދިމާވެފައިވާ ގޮތުން. އަޅުގަނޑުމެންނަށް ވޯޓް ދެއްވާށޭ. އިރާދަކުރެއްވިއްޔާ ތިބޭފުޅާއަށް ލިބޭގޮތް ހަދާނަން"، ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބާއި ދިމާކޮށް ފްލެޓާއި ގޯތީގެ ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫންކަމަށާއި ދުނިޔޭގެ އެހެނިހެން ޑިމޮކްރަޓިކް ގައުމުތަކުގައިވެސް ކަން ހިނގަނީ އެ އުސޫލުންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް