ވެރިކަމަށް އައިއިރު ގިނަކަންކަން ހުރީ ބޮއްސުންލާފައި: ރައީސް ޞާލިހު
ވެރިކަމަށް އައިއިރު ގައުމުގެ ގިނަކަންކަން ހުރީ ބޮއްސުންލާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނ.މަނަދޫގައި އޮތް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ވެރިކަމަށް އައިއިރު ރާއްޖޭގެ ހާލަތު ރަނގަޅު ނޫންކަމަށާއި ވަރަށް ގިނަ ކަންތައް ހުރީ ބޮއްސުން ލާފައިކަމަށެވެ. އެގޮތުން ހައްގުތައް ނިގުޅައިގަނެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ވައްކަން އިންތިހާއަށް، ކޮރަޕްޝަނާއި މާރާމާރި، މީހުން މެރުން އޮތީ އާންމު ކަމަކަށް ވެފައި"، ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި މި ސަރުކާރާއި އެމަނިކުފާނު ހޮވިފައިވަނީ ވަރަށްގިނަ ބައެއްގެ ތާއީދާއި ވަރަށްގިނަ ބައެއްގެ ބުރަ މަސައްކަތުންކަމަށެވެ. އަދި ވަކިން ހާއްސަކޮށް އެމްޑީޕީގެ ވަރަށްގިިނަ ބައެއްގެ ތާއީދާއި ޖުމްހޫރީ ޕާޓީ އާއި އަދާލާތު ޕާޓީ އާއި ރައީސް މައުމޫނާއި އަދިވެސް ވަރަށްގިނަ ބައެއްގެ ބުރަ މަސައްކަތުންކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ތަކުރާރުކޮށް އެ ހުރިހާ ބޭފުޅުންނަށް މި ދަންނަވަނީ އެއިން އެއްވެސް ޕާޓީއަކަށް، އެއިން އެއްވެސް ބޭފުޅަކަށް އަޅުގަނޑު މިކުރާ މަސައްކަތުން ދެރަގޮތެއް ނުވާނެއޭ"، ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް