އުރީދޫގެ ކޮންމެ ހިއްސާއަކަށް 3.22ރުފިޔާ
އުރީދޫ މޯލްޑިވްސްގެ ކޮންމެ ހިއްސާއެއްގެ ފައިދާއަށް 3.22ރުފިޔާ ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.
މިގޮތަށް އެކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުން ނިންމިކަން އެ ކުންފުނިން ވަނީ އިއުލާންކޮށްފައެވެ.
އެ އިއުލާނުގައި އުރީދޫއިން ބުނީ ބޯޑުގެ މިލަފާގެ މަތިން، ޙިއްޞާގެ ފައިދާގެ ގޮތުގައި މިދެންނެވުނު މިންވަރު ބެހުމަށް ހިއްސާދާރުން ފާސްކޮށް ނިންމައިދިނުނަށް އެދި، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް ހުށަހެޅޭނެކަމަށެވެ.
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ، އަދި ޖަލްސާއާ ގުޅޭ އެހެނިހެން ލިޔުންތައް 15 ފެބްރުއަރީ 2019 ގެ ނިޔަލަށް އުރީދޫގެ ވެބްސައިޓުގައި އާންމުކޮށް ޝާއިއުކުރާނެކަމަށް އެކުންފުނިން މައުލޫމާތުދެއެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް