ވިލިމާލޭގައި ގުރޫޕް މާރާމާރީއެއް، ހަތަރު މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ވިލިމާލޭގައި ހިންގި ގުރޫޕް މާރާމާރީއެއް ހަތަރު މީހަކަށް އަނިޔާވެ ފަރުވާ ދެމުންދާ ކަަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ވިލިމާލެ، ކަނދޮޅުމާގޯޅީގަައި ދެ ގްރޫޕެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލަ މިއަދު ހަވީރު 15:12 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި ހަތަރު މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ. އަނިޔާވެގެން ހޮސްޕިޓަލް އަށް ގެންގޮސްފައި ވަނީ 18 އަހަރު، 27 އަހަރު، 31 އަހަރު އަދި 22 އަހަރުގެ ދިވެހި ހަތަރު ފިރިހެނުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ. މާރާމާރީ ހިންގި ސަބަބެއް ސާފެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް