އިންޑިޔާއިން ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ނުފޫޒެއް ނުފޯރުވާ: ރައީސް ނަޝީދު
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް އިންޑިޔާގެ ފަރާތުން ނުފޫޒު ފޯރުވާފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އިންޑިޔާގެ މީޑިޔާގައި ވިދާޅުވި ވާހަކަ ބައެއް ފަރާތްތަކުން އޮޅުވާލަމުންދާ ކަމަށެވެ.
އެވާހަކަ ސާފުކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އިންޑިޔާއިން ދުވަހަކުވެސް ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާފައިނުވާ ކަމަށެވެ. އަދި 2018ވަނަ އަހަރުގައި އިންޑިޔާވެސް ހިމެނޭ ގޮތަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ބޮޑު ބަޔަކުން މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ގޮވާލި ކަމަށެވެ.
އަދި އެގޮވާލުމުގެ ސަަބަބުން އިންސާފުވެރިކަމާއި އެކު ވޯޓުލުމުގެ ފުރުސަތު ލިބިގެންދިޔުމުން އުފާކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް