މިސްކިތެއްގައި އޮތް ހަތިމެއްގައި ދަތްއަޅާ ވީދާލި ބިދޭސީއަކު ހައްޔަރުކޮށްފި
މިސްކިތެއްގައި އޮތް ހަތިމެއްގައި ދަތްއަޅާ ވީދާލި ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 36 އަހަރުގެ އެމްޑީ ހަންނާނު އެވެ.
ފުލުހުން ބުނީ މީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތައް އޭނާ ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައި ވާކަމަށެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި އޭނާ ބަންދުކުރުމަށް ނިންމާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ހުރުމުން ކަމަށާއި ފުލުހުން ހުށައަޅާފައިވާ ރިޕޯޓުން އޭނާ ހަތިމް ވީދާލާފައި ވާކަމަށް ބެލެވޭތީ ކަމަށް ވަނީ ބުނެފައެވެ.
ހަމައެއާއިއެކު، އޭނާއަކީ ބިދޭސީއަކަށް ވުމުން ފިލައިގެން ދިއުމުގެ ފުރުސަތު އޮތުމަކީވެސް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ވެއެވެ.
އޭނާ ވިދާލީ ކޮން މިސްކިތެއްގައި އޮތް ހަތިމެއްކަމެއް މިހާތަނަށް ސާފެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް