އެމްޑީޕީގެ ކެނޑިޑޭޓުން ތިބީ އަދާލަތު ޕާޓީއަށް ދޫދޭގޮތަަކަށް ނޫން؟
އަދާލަތު ޕާޓީއާއި އެމްޑީޕީން ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމާއި މެދު ގޮތެއް ނިންމާއިރު، އެމްޑީޕީގެ ކެނޑިޑޭޓުން ތިބީ އަދާލަތު ޕާޓީއަށް ދުދޭ ފަދަ ވިސްނުމެއްގައި ނޫންކަމަށް އަޑުފެތުރެން ފަށައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދާލަތު ޕާޓީއަށް ތިން ދާއިރާގެ ގޮނޑި ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވަނީ ވާހަކަދެކެވިފައެވެ. އެއީ ރ.އިނގުރައިދޫ، ހދ.ވައިކަރަދޫ އަދި ހދ.މަކުނުދޫ ދާއިރާއެވެ.
މި ތިން ދާއިރާާގެ އެމްޑީޕީގެ ކެނޑިޑޭޓުންވެސް ވަނީ އެފަރާތްތަކުގެ ޓިކެޓް، ކޯލިޝަންގެ މަޖިލިސް ޓިކެޓުގެ ގޮތުގައި އަދާލަތު ޕާޓީއަށް ދިނުމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް އަދާލަތު ޕާޓީއިން ވަނީ މަޖިލީހަށް ގުޅިގެން ވާދަކުރުމަށް އެޕާޓީން ގުރުބާންކުރަންޖެހޭ ގޮނޑިތައް ގުރުބާންކުރުމަށް ތައްޔާރުކަމަށް ބުނެފައެވެ.
މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މިގޮނޑިތަކާއި މެދު އެމްޑީޕީން ވަކި ގޮތެއް ނިންމާނެއެވެ. އެމްޑީީޕީގެ އެތެރޭގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން ގައުމީ މަޖިލީހުގެ ނިންމުންތަކަކީ ހުރިހާ މެންބަރުން އަމަލުކުރަން ޖެހޭނެ އުސޫލުތަކެކެވެ.
މިފަރާތްތަކުގެ ޓިކެޓްތައް އަދާލަތު ޕާޓީގެ ކެނޑިޑޭޓުންނަށް ދީފިނަމަ، މިއީ ފަޚުގެ ތާރީޚެއްގައި އެމްޑީޕީން ޓިކެޓް ދިން ފަރާތްތަކެއް މަޖިލީހަށް ވާދަނުކޮށް ދޫދޭންޖެހުުނު ފަހަރަށް ވެގެންދާނެއެވެ. އެފަދަ ހާލަތެއްގައި އެފަރާތްތަކުން އަދާލަތު ޕާޓީގެ ކެނޑިޑޭޓުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެ، ޑިމޮކްރަސީގެ ނަމޫނާ ދައްކަންޖެހޭނެކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އަދި އެ ކެނޑިޑޭޓުން ދޫނުދީފިނަމަ، އެމްޑީޕީއާއި އަދާލަތު ޕާޓީ ގުޅިގެން ކުރާ މަސައްކަތްތަކަށް ހުރަސްްއެޅި، ކެމްޕެއިން ހަރަކާތްތައް ވަނދުވެގެންދާނެކަމަށްވެސް ގިނަ ފަރާތްތަކުން ދަނީ ސޯޝަލް މީޑިޔާގައި ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް