ކެފޭއަކަށް ވަދެ، ބިރު ދެއްކި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭގެ ހަވީރީ ހިނގުމުގައި ހުންނަ ލެޓްސް ކޮފީ މޯލްޑިވްސްއަށް ބަޔަކު ވަދެ، ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދައްކައި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 12 ޑިސެމްބަރ 2024 ވަނަ ދުވަހުއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ދެއްވަދޫ / ވައިލެޓްމާގޭ އަޙްމަދު ތައުފީޤް (31 އަހަރު) އާއި ބ. ތުޅާދޫ / މީޒާން، އަސަދުالله ޚާތިމް (44 އަހަރު) އެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ 16 ޑިސެމްބަރ 2024 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް