ރައީސް ޔާމީނަށް ހުކުމްކުރުން ފަސްނުކުރަން ނިންމައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގގެ ދައުވާގެ ހުކުމްކުރުމުގެ ޝަރީއަތް ފަސް ނުކުރަން ކްރިިމިނަލް ކޯޓުން ނިންމައިފިއެވެ.
މިކަން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުންވަނީ މީޑިޔާތަަކަށް ކަށަވަރުކޮށްދީފައެވެ.
މިއަދު މެންދުރުފަހު 1:30ގައި އޮންނަ މި ޝަރީއަތް ފަސްކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތުން އެދުނެވެ. އެއީ އެ މައްސަަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗާއި މެދު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅައިފައިވާތީއެވެ.
ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވަނީ އެކޯޓުން ފަނޑިޔާރުންގެ ބެންޗްގެ މައްސަލަ ބެލެން ނެތްކަމަށެވެ.
ރައީސް ޔާާމީން ހުށައެޅުއްވި މައްސަލައިގެ ޖަވާބުގައި ސުޕްރީމް ކޯޓުން ބުނީ ހުށައަޅާފައިވާ މައްސަލައަކީ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިހުތިސާސްގެ ދަށުން ފިޔަވަޅު އަޅަން ޖެހޭފަދަ މައްސަލައެއް ނޫންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް