ހުޅުމާލޭގައި ހުންނަ ހިތްގައިމު ސިނަމާ ލައުންޖު
ހުޅުމާލޭގައި ހުންނަ ހިތްގައިމު ސިނަމާ ލައުންޖު
ލައިފްސްޓައިލް 21 May 2026 | 08:34

ހުޅުމާލޭ ސިނެ ލައުންޖުން ސްކޫލް ބަންދުގައި ކުޑަކުދިންނަށް ހާއްސަ ފިލްމުތަކެއް އަޅުވަނީ

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

މިއަދަށްފަހު އީދަށް ސްކޫލްތައްވެސް ބަންދުވީއެވެ. ދެން އޮތީ ކުދިވެރިންގެ ހޮލިޑޭ އެޖެންޑާ ތައްޔާރުކުރުމެވެ. ވިއްސާ ދުވަސްވަރަކާ ދިމާވުމުން ރަށުން ބޭރަށް މިފަހަރު ނުދެވުނަސް ކުދިވެރިން ގޮވައިގެން ހުޅޫމާލޭގައި ހުންނަ ލައުންޖު ސިނަމާއަށް އެކުދިންނާއެކު ފިލްމެއް ބަލާލުމަށް އެޖެންޑާކޮށްލުމުން މައްސަލަ ހައްލުވީއެވެ.

ސިނަ ލައުންޖުން މިވަނީ އީދު ބަންދާ ދިމާކޮށް ކުޑަކުދިންނަށް ހާއްސަކޮށް "ކިޑްސް ހޮލިޑޭ މޫވީ ފިއެސްޓާ" ނަމުގައި އެކުދިންނާ ގުޅޭ ފިލްމުތަކެއް އެޅުވުމަށް ނިންމާފައެވެ. ސިނަ ލައުންޖު ސިނަމާއިން މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހާ ހަމަޔަށް ކުޑަކުދިންނަށް ހާއްސަ ފިލްމްތަކެއް އަޅުވާއިރު، މީގެ ތެރޭގައި އެންމެ ފަހުގެ އެންމެ މަގްބޫލު ކުޑަކުދިންގެ ފިލްމުތައް ހިމެނެއެވެ.

އީދު ބަންދުގައި ސިނަ ލައުންޖުގައި އަޅުވާ ކުޑަކުދިންގެ ފިލްމުތައް...

އެގޮތުން ކޮންމެ ދުވަހަކުވެސް ސިނަ ލައުންޖުގައި އާ ތިން ފިލްމް އެޅުވުމަށް ވަނީ ނިންމާފައެވެ. ޝޯތައް ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެވެސް މެންދުރު 1 ޖަހާއިރުއެވެ. ހަވީރު 6 ޖެހުމާހަމަޔަށް ކުޑަކުދިންގެ މޫވީ ފިއެސްޓް ކުރިއަށްދާއިރު، ޓިކެޓްގެ އަގު އުޅެނީ 190 ރުފިޔާއަށެވެ.

އީދު ބަންދުގައި ސިނަ ލައުންޖުގައި އަޅުވާ ކުޑަކުދިންގެ ފިލްމުތައް...

ފިލްމްބަލަން އަންނައިރު ޕޮޕްކޯނާއި ފިނި ބުއިން ލިބެން ހުންނައިރު، މިއީ ކުދިވެރިންނާއެކު ހިތްފަސޭހަކޮށްލުމަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެއެވެ. އާއިލާއާ އެއްކޮށް ހިތްގައިމު މާހައުލެއްގައި ފިލްމެއް ބަލާލަން ދިއުމަކީ ވަރަށް ގިނަ އާއިލާތަކުން ކުރަމުން އައި އުއްމީދެކެވެ. އެގޮތުން ސިނަ ލައުންޖު އައުމާއެކު މިހާރު އެ ކަމަށް ހައްލު ލިބިފައެވެ.

ޅުމާލޭގައި ހުންނަ ސިނެލައުންޖަކީ، މިހާތަނަށް ރާއްޖޭގައި ހުޅުވުނު އެންމެ ފެންވަރު ރަނގަޅު ސިނަމާއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހުޅުވިގެންދިޔަ ފުރަތަމަ ޕްރީމިއަމް ލަގްޒަރީ ތިއޭޓަރެވެ. މި ސިނަމާ ތައްޔާރުކޮށްފައިވަނީ، ލަގްޒަރީ 20 ރެކްލައިނާ ސީޓާއެކު، ހިތްހަމަޖެހިގެން އާއިލާއާއެކު މަޑުމައިތިރި މާހައުލެއްގައި ފިލްމު ބަލާލެވޭނޭ ގޮތަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް