N/A
N/A
ހަބަރު 29 Oct 2019 | 08:43

އަނދިރި އަނދިރިންގެ ވާހަކަ: ދިވެހިރާއްޖޭގައި ބޮޑުވެ ދިވެހި ގައުމަށް ގެއްލުންދިން މީހާ!

ދިވެހި ތާރީޚުގެ ފަތްފުތްތަކަށް ނަޒަރު ހިންގާލާ ކޮންމެ ފަހަަރަކު ފެނިގެންދާ އެއް މަންޒަރަކީ ދިވެހި ގައުމުގެ މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ދަނޑިވަޅެއްގައިވެސް، އެކަމުގެ މުގުލުގައި ހުރީ ހަމަ ސީދާ ދިވެހި ދަރިއެއްކަމަށެވެ. އަމިއްލަ ގައުމާއި ވަތަނަށްވުރެ ވެރިކަމުގެ ޖާހާއި ޝާާނާާއި ޝައުކަތަށް ފެންބޮވައިގެންފައިވާ ޚާއިނެއްކަމެވެ. މިފަދަ ޚާއިނުންގެ އެހީގައި ބޭރުގެ ބާރުތަކުން ދިވެހިންގެ މައްޗަށް އަތްގަދަކޮށް ދިވެހި ދަރީންގެ ލޭ މި ބިމަށް އޮހޮރުވައި ގައުމުގެ ސިޔާދަތު ވެއްޔާއި މޮޑެލައެވެ.

ހިޖުރައިން 965ވަނަ އަހަރު މިފަދަ ހާދިސާއަކާއި ދިވެހިން ކުރިމަތިލާން ޖެހުނެވެ. އޭގެ އަހަރުތަކެއް ކުރިން،ވެރިކަން ދޫކޮށްލެއްވުމަށްފަހު ނަޞާރާ ދީނަށް ވެދެވަޑައިގަތުމަށް އިންޑިޔާގެ ގޯއާއަށް ވަޑައިގެންނެވި ނުވަވަނަ ހަސަން ރަސްގެފާނު ވެރިކަން އަނބުރާ ހޯދުމުގެ ނިޔަތުގައި އެތަނުގައި ތިއްބެވި ޕޯޗުގީޒުންގެ އެހީ ހޯއްދެވިއެވެ. މިގޮތުން ދިވެހިންގެ ދީން އަނބުރާލުމަށް ދެފަހަރު މަސައްކަތްކޮށް ނާކާމިޔާާބު ވެވަޑައިގެންނެވިއެވެ.

ނަމަވެސް ތިންވަނަ ފަަހަރަށް، އާދެ މަޝްހޫރު އަލިރަސްގެފާނު ޝަހީދުވި ފަހަރުގައި ޕޯޗުގީޒު ލަޝްކަރަށް ކާމިޔާބީ ލިބުނީއެވެ. މޮޅު ހަތިޔާރުތަކާއި ބޮޑެތި މަނަވަރުތަކެއް ހިމެނޭ މި ލަޝްކަރުގެ ކޮމާންޑަރަކަށް ހުންނެވީ ކެޕްޓަން މެނުއަލް ޑަ ސިލްވޭރާ ޑި އަރައުރޯއެވެ.

މި ލަޝްކަރުން އެބައިމީހުންގެ މަގުސަދު ހާސިލްކޮށް، އެތަކެއް އަހަރުތަކެއް ވަންދެން ދިވެހި ފަސްގަނޑުގައި އެބައިމީހުންގެ ބާރާއި ނުފޫޒު ހިންގިއެވެ. އެތަކެއް ދިވެހިންގެ ވޭނާއި ކެކުޅުމާއި ލޭގެ ކޯރުތަކުން މި ދިވެހިރާއްޖެ ފުރިގެންދިޔައެވެ. އެ ވޭނީ ހާލަތުން ދިވެހިން މިންޖުކުރުމަށް އުތީމު ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ލަޝްކަރުން ކުރެއްވި ޖިހާދަކީ ދިވެހި ތާރީޚުގެ ސަފްހާތަކުގައި ރަންއަކުރުން ފަވާލެވިފައިވާ ވާހަކައެކެވެ.

މި އަނިޔާވެރި މުއްދަތުގައި ޕޯޗުގީޒުންގެ ފަރާތުން ދިވެހިރާއްޖޭގައި ބާރު ހިންގަވަން ހުންނެވި ފަރާތްކަމުގައިވާ އަނދިރި އަނދިރިންގެ ވާހަކައަކީ ގިނަ ދިވެހިންނަށް އެނގިފައިވާ ވާހަކައެއް ނޫނެވެ. އެހެނަސް ތާރީޚުގެ ރިވާޔަތްތަކަށް ނަޒަރު ހިންގާލުމުން ފާޅުވާ ހަގީގަތަކީ އަނދިރި އަނދިރިންނާާއި ދިވެހިރާއްޖެއާއި ދެމެދު ޒަމާންވީ ގާތްގުޅުމެއް އޮންނަކަމެވެ. މި ދިވެހިރާއްޖެއަކީ، އެ ގައުމަކަށް އަނދިރި އަނދިރިން އަނިޔާދިން އޭނާގެ އަމިއްލަ ވަޒަނާއި އެއްފަދަ ގައުމެކެވެ.

ދިވެހިރާއްޖެއަކީ އަނދިރި އަނދިރިންގެ އަމިއްލަ ވަޒަނާއި އެއްފަދަ ގައުމަކަށްވަނީ ކިހިނެތްތޯއެވެ؟ އާދެ، އެ އަނދިރި އަނދިރިން އުފަންވެ އުޅެބޮޑުވީ ދިވެހިރާއްޖޭގައެވެ.

އައްސުލްތާން މުހައްމަދު ކަޅު މުހައްމަދު ރަސްގެފާާނުގެ ވެރިކަމުގައި ޕޯޗުގީޒުންގެ ނަވެއް ހުވަދޫ އަތޮޅަށް ދިޔައެވެ. ބައެއް ރިވާޔަތްތަކުގައި އެ ނަވު އުރުނީކަމަށްވެސް ބަޔާންވެފައިއޮވެއެވެ. ކޮންމެ ގޮތަކަށްވިޔަސް މި ނައު ހިފުމަށް ގާފަރު ކަަޅު އުނބުށޭމު ފާށަނާތަކުރުފާާނު އިސްވެ ހުންނަވާ ލަޝްކަރެއް ފޮނުއްވުމަށް ރަދުން ނިންމެވިއެވެ. މި ޕޯޗުގީޒު ނަވުގެ ކެޕްޓަނަކަށް ހުރީ އޭރު ގޯއާގައި ހުރި ޕޯޗުގީޒް ވައިސްރޯއީގެ ތިމާގެ މީހެއްކަމަށްވެއެވެ. އޭނާއާއި އެކު މި ނަވުގައި އޭނާގެ އަންހެނުންވެސް ދަތުރުކުރިކަމަށްވެއެވެ.

ރަދުންގެ ލަޝްކަރާއި އެކު ތަކުރުފާނު އެ ނަވުގެ ކެޕްޓަނާއި ފަޅުވެރިންނާއި ހަނގުރާމަކޮށް އެމީހުން ބަލިކުރެއްވިއެވެ. އެހެނަސް ކައްޕިތާނުގެ އަންހެނުން، އާދެ ޚާންޒީ ކަމަނާއަށް ގޮތެއް ނުހައްދަވައި އަނބުރާ މާލެއަށް ގެންނެވިއެވެ. ބުނެވޭ ގޮތުގައި މި ޚާންޒީ ކަމަނާ އޭރު އިންނެވީ ކުއްޖަކަށް ބަލިވެއެވެ.

މި ކުއްޖާއަކީ ދިވެހި ތާރީޚުގައި ނަންފަވާލެވިފައިވާ މުހައްމަދު ނުވަތަ އަނދިރި އަނދިރިންނެވެ. ޚާންޒީ ކަމަނާއާއި ގާފަރު ކަޅު އުނބުށޭމު އިނދެގެން އެހެން ކުއްޖަކު ލިބުނުކަމަށްވެސް ވެއެވެ. މި ކުއްޖާއަށް ކީ މަތުއްކަލާއެވެ. ތާރީޚުގައި ބުނެވިފައިވާ ގޮތުގައި މި މުހައްމަދު އޭނާގެ ކޮއްކޮ މަރާލުމަށްފަހު ގޯވާއަށް ދިޔައީއެވެ.

މިއީ އަނދިރި އަނދިރިންގެ ފެށުމެވެ. މި ހާދިސާއިން އުފެދޭ ކިތަންމެ ސުވާލުތަކެއް އެބަހުއްޓެވެ. އަނދިރި އަނދިރިން ދިވެހިންގެ ކިބައިން އެ ހިފީ އޭނާގެ ބައްޕަގެ ގަތުލުގެ ބަދަލުހެއްޔެވެ؟ އެއީ ބަދަލު ހިފުމެއްނަމަ އެ ވާހަކަ އޭނާއަށް ކިޔައިދިނީ ކާކުބާވައެވެ؟ ޖަވާބުތައް ނޭނގުނަސް ޔަގީންވާ ކަމަކީ އެންޑްރޫ އެންޑްރޫ ނުވަތަ އަނދިރި އަނދިރިންނަކީ ދިވެހި ތާރީޚުގެ ބޮޑު ވިލަންއެއްކަމެވެ. ދިވެހި ގައުމުގައި ބޮޑުވި ދިވެހިންނަށް ނުރައްކާ ކުރި މީހެއްކަމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...