ސަރުކާރު ބަލިކޮށް އެމްޑީޕީ ކުރި ހޯދައިފި: ރައީސް ނަޝީދު
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިއަދު ކުރިއަށް ދިޔަ އިންތިހާބުތަކުގައި ސަރުކާރު ބަލިކޮށް އެމްޑީޕީ ކުރިހޯދައިފިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، މިއަދުގެ ވޯޓުގައި އެމްޑީޕީން ވަނީ ވަރަށް ބޮޑުތަނުން ސަރުކާރު ބަލިކޮށް ކާމިޔާބު ހޯދާފައިކަމަށެވެ. ހުރިހާ ސިޓީތަކަކުންނާއި ގިނަ ރަށްރަށުން އަދި ފެންނަ ނުފެންނަ ވޯޓުގައިވެސް ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ނަޝީދު ވަނީ، ވޯޓުދެއްވި ހުރިހާ ފަރާތްތަކަށް އަދި ހަމަ އެހެންމެ ވާދަވެރިންނަށް މަރުހަބާ ވިދާޅުވެފައެވެ.
މިއަދު ކުރިއަށްދިޔަ ކައުންސިލްތަކުގެ އިންތިހާބަށް ބަލާއިރު، މޭޔަރު ރޭހުން މިހާތަނަށް ގުނައި ނިމުނު ފޮށިތަކުން ކުރި ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެނޑިޑޭޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް