އަލަށް ލޯނު ހަމަޖެހުނު ދަރިވަރުން އިއުލާންކޮށްފި
ސަރުކާރުގެ އެހީގައި މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންގެ ލޯނު ސްކީމްއިން އަލަށް ލޯނު ހަމަޖެހުނު ދަރިވަރުންގެ ނަންތައް އިއުލާންކޮށްފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީން 11 ޖޫން 2019 ގައި 163 ޖާގައަށް ލޯނު ދޫކުރުމަށް ހުޅުވާލިކަމަށާއި މި ލޯނު ސްކީމްގެ ދަށުން 79 ޖާގަ ކަނޑައަޅާފައިވަނީ އަލަށް ކިޔަވަންފަށާ ފަރާތްތަކަށް ކަމަށެވެ. އަދި 84 ޖާގަ ކަނޑައަޅާފައިވަނީ ކިޔަވަމުންދާ ދަރިވަރުންނަށްކަމަށްވެސް ބުންޏެެވެ.
މި އިއުލާނުގެ މުއްދަތު 24 ޖޫން 2019 ގައި ހަމަވިއިރު 960 ފަރާތެއްވަނީ މި ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅާފައެވެ. ލޯނަށް އިއުލާނުކުރެވުނުއިރު ބަޔާންކޮށްފައިވާ ފަދައިން 21 ޖޫން 2019 ގެ ކުރިން ހުށަހެޅި އެޕްލިކޭޝަންތައް ބެލުމަށްފަހު ފުރިހަމަކުރަންޖެހޭނަމަ، އެކަން ވާނީ 3 މަސައްކަތު ދުވަހުގެ ތެރޭގައި އަންގާ، 24 ޖޫން 2019 ގެ ކުރިން ފޯމު ހުށަހެޅުމަށް ފުރުސަތު ދެވުނުކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ލޯނު ސްކީމްގައި އޮންގޮއިންގް ކެޓަގަރީއިން ހުޅުވާލި 84 ޖާގައަށް 210 ފަރާތަކުން ކުރިމަތިލައިގެން 57 ފަރާތެއްވަނީ ކޮލިފައިވެފައެވެ.
ލޯނަށް ހޮވުނު ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވެއެވެ. މިމަޢުލޫމާތުގެ ތެރޭގައި ފޯމް ހުށަހެޅި ފަރާތްތައް ހޮވުނު ދާއިރާތަކާއި، ހޮވުނު އަދަދާއި، ނުހޮވުނު ފަރާތްތައް ނުހޮވުނު ސަބަބު ހިމެނޭނެއެވެ. ސްޓޫޑަންޓް ޕޯޓަލްއިން ފޯމް ހުށަހެޅި ފަރާތްތަކުގެ އެޕްލިކޭޝަންގެ މައުލޫމާތު 48 ގަޑިއިރުގެ ތެރޭގައި އަޕްޑޭޓް ކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް