ޖޭއެސްސީއަށް ހުރަސްއަޅާނަމަ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަނީ
ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ގާނޫނަށް ގެނެވުނު އިސްލާހުތަކަށް އަމަލުނުކުރަން ނިންމާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލާނެކަމުގެ އިންޒާރު އެ ކޮމިޝަނުން ދީފިއެވެ.
އެ ކޮމިޝަނުން މިގޮތަށް ބުނެފައިވަނީ މިރޭ ކުރި ޓްވީޓެއްގައެވެ.
ޖޭއެސްސީން ބުނީ މިރޭ ބޭއްވި ޖޭއެސްސީގެ ކުއްލި ބައްދަލުވުމުގައި ޖޭއެސްސީގެ ޤާނޫނަށް ގެނެވުނު އިސްލާޙަށް ޢަމަލު ނުކުރުމަށް/އެ އިސްލާޙުގެ ބާރު ކެނޑޭގޮތަށް/ބަލައި ނުގަތުމަށް ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުން ނިންމަވައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާާފައިވާ ކަމަށެވެ.
އެ ކޮމިޝަނުން މިހެން ބުނެފައިވާއިރު، މިރޭ އޮންނަ ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއްގައި ޖޭއެސްސީގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހުތަކަކީ ގާނޫނު އަސާސީ ހިލާފު އިސްލާހުތަކެއްކަމަށް ފެންނަކަމަށް ކަނޑައެޅުމަށް ނިންމާފައިވާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
ޖުޑީޝަލް ކަައުންސިލްގައި 9 މެންބަރުން ތިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.
އެއީ:
އުއްތަމަ ފަނޑިޔާރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން
ހައިކޯޓުގެ އިސް ފަނޑިޔާރު
ސިވިލް ކޯޓުގެ އިސް ޤާޟީ
ކްރިމިނަލް ކޯޓުގެ އިސް ޤާޟީ
ފެމިލީ ކޯޓުގެ އިސް ޤާޟީ
ޖުވެނައިލް ކޯޓުގެ އިސް ޤާޟީ
ޑްރަގް ކޯޓުގެ އިސް ޤާޟީ
އަދި ދިވެހިރާއްޖޭގެ ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ ތެރެއިން ޢައްޔަންކުރެވޭ 2 މެޖިސްޓްރޭޓުން، މިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް