ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އައިއީޑީއެއް ނުފެނޭ!
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އައިއީޑީއެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިގެން ސިފައިން ހަރަކާތްތެރިވަމުންދާ ޚަބަރު ދޮގުކޮށްފިއެވެ.
ސޯޝަލް މީޑިޔާގައި ޚަބަރު ފެތުރުނު ގޮތުގައި އައިއީޑީއެއް ފެނިގެން އެއާޕޯޓު އޮތީ ކުއްލި ހާލަތަށް ގެެނެސްފައެވެ.
ނަމަވެސް މިކަން ދޮގުކޮށް "މިހާރު" ނޫހަށް މައުލޫމާތު ދިން އެއާޕޯޓު ހިންގާާ އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ އެއާޕޯޓުގެ އޮޕަރޭޝަން ނޯމަލްކޮށް ކުރިއަށްދާ ކަމަށާއި އަދި ފުލުހުން އާދައިގެ މަތިން ކުރިއަށް ގެންދާ ރޫޓިން ޗެކިން މިރޭ ކުރިއަށް ގެންދާ ކަމަށެވެ.
މީގެ އިތުރުން އޮފިޝަލް ވިދާޅުވީ މިރޭ 9:30 ގައި ޖައްސަން އޮތް އީކޭ ފްލައިޓް ޖެއްސުން ލަސްވީ އެއާ ޓްރެފިކާ ހެދި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް