ސީރިޔާގައި ހާލުގައި ޖެހިފައިތިބި ދިވެހިން ރާއްޖެ ގެނައުމުގެ ކުރިން އެހެން ގައުމަކަށް ގެންދަނީ
ސީރިޔާގެ ރެފިއުޖީ ކޭމްޕްތަކުގައި ހާލުގައި ޖެހިފައިތިބި ދިވެހިން ދިވެހިރާއްޖެއަށް އަނބުރާ ގެނައުމުގެ ކުރިން އެހެން ގައުމަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ސީރިޔާގައި ހާލުގައި ޖެހިފައިތިިިބި ދިވެހިން، އަނބުރާ ގެނެވޭނެކަމަށެވެ.
ދެގައުމަކާއި ގުޅިގެން ކުރަމުންދާ މި މަސައްކަތުގެ ދަށުން އެމީހުން އަނބުރާ ރާއްޖެ އައިސް، މުޖުތަމައުއާއި ގުޅުމުގެ ކުރިން ބައިތިއްބާނެ ތަނެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ނަަމަވެސް އެމީހުން މިހާރު ތިބި ކޭމްޕްތަކުން ނެރެގެން އެންމެ ފުރަތަމަ ގެންދާނީ އެހެން ގައުމަކަށްކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ މައުލޫމާތު ތަކުގައިވާ ގޮތުގައި ސީރިޔާގެ އިރުއުތުރުގައި ހުންނަ އަލް-ހައުލް ކޭމްޕްގައި ގިނަ އަދަދެއްގެ ދިވެހި ކުޑަކުދިންނާއި އަންހެނުން އެބަތިއްބެވެ. އެފަރާތްތައް އަނބުރާ ރާއްޖެ ގެނައުމާއި މެދު ގިނަބަޔަކު ވަނީ ދެބަސްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް