ހުޅުމާލެއިން، ހޯރަފުށީ މީހަކު ގެއްލިގެން ހޯދަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެއިން، ހޯރަފުށީ ޒުވާނަކު ގެއްލިގެން ހޯދަންފަށައިފިއެވެ.
ފުލުހުން ގެއްލިގެން ހޯދަމުންދަނީ، ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30އ) އެވެ. އޭނާ މިހާރު ދިރިއުޅޭ އެޑްރެހަކީ ހުޅުމާލެ ފުލެޓް 205-2-35 އެވެ.
ފުލުހުން ބުނީ އެ ޒުވާނާގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި މުޙައްމަދު ސާއިފް އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެންބަރު 24 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު، ހުޅުމާލެ ފޭސް 3 އިން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އޭރު ލައިގެންހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މުޙައްމަދު ސާއިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް