މަސްހިފަން އުޅުނު 21 އަހަރުގެ ޒުވާނަކު މަރުވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މަސްހިފަން އުޅުނު 21 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ ލ. ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު އޭޕްރީލް 21 ވަނަ ދުވަހުގެ 3:42 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން އެޓެންޑްވެ އެ މީހާ ވަނީ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައި ކަމަށާ ނަމަވެސް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދޭ ކަމަށް ބުންޏެވެ.
ނިޔާވެފައި ވަނީ ލ.ހިތަދޫ، އަމާން, އަޙްމަދު ހަމްޒާން (21އ) އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް