ދަތުރުވެރިންގެ މާރުކޭޓް އަލުން ތަރައްގީކުރަނީ
މާލޭގައި މޭވާއާއި ތަރުކާރީގެ ބާވަތްތައް ވިއްކާ ދަތުރުވެރިންގެ މާރުކޭޓް ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން މައުލޫމާތު ދޭގޮތުގައި އާ މާރުކޭޓުގައި 63 ގޮޅި ހުންނާނެއެވެ. މި ގޮޅިތަކުގެ ބޮޑުމިނުގައި 8 ފޫޓާއި 9 ފޫޓް ހުންނާނެއެވެ. މީގެ އިތުރުން އަލަށް ތަރައްޤީ ކުރާ މާރުކޭޓްގައި ހިނގާ މަގުތައްވެސް ފުޅާވާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން ވަނީ އާ މާރުކޭޓް ތަރައްގީކުރުމަށްޓަކައި އެތަނުގައި މިހާރު ހުރި ގޮޅިތަކުގެ ވެރިންނަށް އެތަންތަން ހުސްކުރުމަށް ނޯޓިސް ފޮނުވާފައެވެ.
އެތަނުގައި ހިންގާ ގޮޅިތައް ހިންގޭނީ އަންނަ މަހުގެ 31ގެ ނިޔަލަށްކަމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް