ފުލުހުންގެ ހިދުމަތް ރަނގަޅުކުރުމަށް އާންމުންގެ ޚިޔާލު ހޯދަނީ
ދިވެހި ފުލުހުންގެ ހިދުމަތް ރަނގަޅުކުރުމަށް އާންމުންގެ ޚިޔާލު ހޯދުމަށް ޚާއްސަ އޮންލައިން ޕޯޓަލްއެއް ތައާރަފްކޮށްފިއެވެ.
މި ޕޯޓަލް ތައާރަފްކޮށްދެއްވާފައިވަނީ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދެވެ.
މިޕޯޓަލް ތައާރަފްކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެކްޓިންގް ސީޕީ ހަމީދު ވިދާޅުވީ މި ޕޯޓަލްގެ އަމާޒަކީ ރައްޔިތުންގެ ބައިވެރިވުމާއެކު ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުންކަމުގައެވެ. މި ޕޯޓަލްއަށް މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ޚިޔާލު ހުށައެޅޭނެކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ޕޯޓަލްއަށް ހުށައަޅާ ޚިޔާލުތައް ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުވުމުގައި ބޭނުންކުރެވޭނެކަމަށް ސީޕީ ހަމީދު ވަނީ ފާހަގަކުރައްވާފައެވެ.
ފުލުހުން މިއަދު ތައާރަފްކުރި އޮންލައިން ޕޯޓަލްއަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި ޕޯޓަލްއަށް ފުލުހުންގެ ވެބްސައިޓް މެދުވެރިކޮށް ވަދެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް