ދަރުމަވެރިންނަށް ނައިބް ރައީސްގެ ޝުކުރު!
މިމަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިމުގެ މަސައްކަތް ދަރުބާރުގޭގައި ކުރިޔަށްދާގޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިރޭ ދަރުބާރުގެއަށް ކުރެއްވި ޒިޔާރަތުގައި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެތަނުގައި ޤާއިމުކޮށްފައިވާ ވަގުތީ ސެންޓަރުގައި އެހީގެ ތަކެތި ބަލައިގަތުމާއި އަދި އެހީ ބޭނުންވާ ފަރާތްތަކަށް އެތަކެތި ފޯރުކޮށްދިމުގެ މަސައްކަތްތައް ކުރިޔަށްދާގޮތާބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވިއެވެ.
މީގެ އިތުރުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ މޯލްޑިވްސް ރެޑްކްރެސެންޓުގެ ފަރާތުންނާއި އަދި އެހެނިހެން އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ވަކިވަކި ފަރުދުންގެ ގޮތުގައި ހަރަކާތްތެރިވާ ދަރުމަވެރިންނާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ މަސްކަތް ފާހަގަކުރައްވައި އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރު އަދާކުރެއްވިއެވެ.
މާލެގައި ހިނގި އަލިފާނުގެ ހާދިސާގައި ވަނީ 400 އަށްވުރެ ގިނަ ފަރާތް ހާލުގައި ޖެހިފައެވެ. އަދި މި ހާދިސާގައި ވަނީ އެކަކު ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް