ޝެއިޚް ހުސެއިން ރަޝީދު ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމަކަށް!
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު، ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކެޓްރީގެ މަގާމަށް ޝެއިޚް ހުސެއިން ރަޝީދު އަހުމަދު އައްޔަން ކުރައްވައިފިއެވެ.
ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މި މަޤާމަށް ހުސައިން ރަޝީދު އައްޔަން ކުރައްވާފައި މިވަނީ ބުރާސްފަތި ދުވަހުއެވެ.
ނިމި ދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވިލިމާލެ ދާއިރާއަށް ވާދަކޮށް ހުސައިން ރަޝީދު ނާކާމިޔާބު ވަނީ ވެފައެވެ.
ޝެއިޚް ހުސެއިން ރަޝީދަކީ އަދާލަތު ޕާޓީގެ އެންމެ ފުރަތަމަ ރައީސްއެވެ. މީގެ ކުރިން ރައީސް ނަޝީދުގެ ސަރުކާރުގައި ހުސައިން ރަޝީދު ވަނީ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ.
ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީގެ މަގާމަށް ޝެއިހް ހުސައިން ރަޝީދު އައްޔަން ކުރެއްވިއިރު، އެ މިނިސްޓްރީގައި އެ މަގާމުގައި ދެބޭފުޅުން ތިއްބަވައެވެ. އެއީ އަމީން ޖާވިދު ފައިސަލް އާއި އަހުމަދު ޝިއާން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް