އަދީބު މާލެއަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން: ފުލުހުން
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަދީބު ހައްޔަރުކޮށްފިކަމަށާއި އޭނާ މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ޓަގު ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި ވަގަށް އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރަނިކޮށް އަހްމަދު އަދީބު ވަނީ އިންޑިއާއިން ހިފަހައްޓާފައެވެ. މިއާއެކު އަދީބް ގެ ލީގަލް ޓީމުން ވަނީ އަދީބް އިންޑިއާގެ ހިމާޔަތައް އެދޭކަން ހާމަކޮށްފައެވެ.
ނަމަވެސް އިންޑިއާއިން މިވަނީ އަދީބަށް ހިމާޔަތް ނުދިނުމަށް ނިންމައި، އަބުރައި ރާއްޖެ ފޮނުވުމަށް ނިންމާފައެވެ. މިކަން އިންޑިއާގެ މީޑިއާތަކަށް އެޤައުމުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އަދީބްގެ ގާތްފަރާތްތަކުން ވަނީ އަދީބް މިވަގުތު ރާއްޖެއަށް ހަވާލުކުރުމަށް ދަތުރުކުރަމުން ދާކަމަށާއި އޭނާއާއި ހަވާލުވުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްއާއި ކަމަށެވެ.
ނަމަވެސް އަދީބު އަނބުރާ ރާއްޖެ ފޮނުވާލަނީ ކަނޑުމަގުން ކަމެއް ނުވަތަ މަތިން ކަމެއް އަދި ރަސްމީ ސިފައެއްގައި ސާފުވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް