ބައެއް ފިހާރަތަކުގައި ބިސްކޭހުގެ އަގު އުފުލެނީ
ބާޒާރުމަތީގެ ބައެއް ފިހާރަތަކުގައި ބިސް ކޭހުގެ އަގުތައް އުފުލެން ފަށައިފިއެވެ.
ބިހުގެ ޑިމާންޑާއި އެއްވަރަށް ބިސް ސަޕްލައި ނުކުރެވުމުގެ ސަބަބުން ބާޒާރުމަތީގެ ބައެއް ފިހާރަތަކުގައި ބިސް ކޭހެއްގެ އަގުވަނީ 450ރުފިޔާއަށް އުުފުލިފައެވެ.
ނަމަވެސް މިިދިޔަ ހަފްތާގައި ބިސްކޭހެއްގެ އަގު ހުރީ 300އެއްހާ ރުފިޔާގައިކަން ފާހަގަކޮށްލެވެއެވެ. ބާޒާރުމަތީގައި ބިސް ލިބެންހުރީވެސް ބައެއް ފިހާރަތަކުންނެވެ.
އާދައިގެ ފިހާރަތަކުން 450ރުފިޔާއަށް ބިސްކޭހެއް ވިއްކި ކަމުގައިވިޔަސް، އެސްޓީއޯއިން ދަނީ ހެޔޮއަގުގައި ބިސް ވިއްކަމުންނެވެ.
އެގޮތުން އެސްޓީއޯގެ ފިހާރަތަކުން ބިސްކޭހެއް ލިބެންހުރީ 290 ރުފިޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް