އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް އަނެއްކާވެސް ހަމަލާދީފި
މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންދާ ހަމައެކަނި އަންހެންމީހާ ކަމުގައިވާ އައިމިނަތު ވަހީދާގެ ޓެކްސީއަށް އަނެއްކާވެސް ހަމަލާާދީފިއެވެ.
އެގޮތުން މާލޭގެ އަބަދަށްފެހި މަގުން އިއްޔެ ހަވީރު ފަހެއް ޖެހިއިރު އޭނާ ދުއްވާފައި ދަނިކޮށް، މަތިން ވަނީ ގާބުރިއެއް ކާރުގެ މައްޗަށް ވެއްޓިފައެވެ. މި ހާދިސާގައި އޭނާގެ ކާރުގެ ބިއްލޫރި ގަނޑަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ބުނެފައެވެ.
މިއީ އައިމިނަތު ވަހީދާގެ ކާރަށް މިއަހަރުގެ ތެރޭގައި ހަމަލާދިން ދެވަނަ ފަހަރެވެ. އެ ކާރަށް ހަމަލާދިން ފުރަތަމަ ފަހަރު ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އެ މައްސަލައިގައި ތުހުމަތުކުރެވުނީ އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށެވެ.
އެފަހަރު އެ ކާރު ހުއްޓުވުމަށްފަހު، އޭނަގެ ކުރީގެ ފިރިމީހާ ވަނީ އައިންތުއާ ދިމާކޮށް، ކާރުގެ ބޮނެޓް ގަދަކަމުން ހުޅުވައި އިންޖީނަށް ވެސް ގެއްލުން ދީފައިކަމަށް މަންޒަރުދުށް ފަރާތްތަކުން ވަނީ ބުނެފައެވެ.
މި މައްސަލަ ވަނީ ގެވެށި އަނިޔާގެ މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް