ލ.ކައްދޫ އެއަރޕޯޓުގެ ޑެޕިއުޓީ މެނޭޖަރަކު ވަޒީފާއިން ވަކިކޮށްފި
ލ.ކައްދޫ އެއަރޕޯޓުގެ ޑެޕިޔުޓީ މެނޭޖަރެއްގެ މަގާމު އަދާކުރަމުން އައި މީހަކު، އެ ވަޒީފާއިން ވަކިކޮށްފިއެވެ.
2014 ވަނަ އަހަރުގެ ޑިސެމްބަރ 31 ވަނަ ދުވަހުން ފެށިގެން މި މަޤާމު އަދާކުރަމުން އައި މީހާ، މަގާމުން ވަކިކޮށްފައިވަނީ މި ހިނގާ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ.
ވަޒީފާއިން ވަކިކުރިކަން އެނގުމުގެ ކުރިން، މި މަހުގެ 4 ވަނަ ދުވަހު އޭނާއަށް ވަނީ ވަޒީފާއިން ވަކިކުރުމުގެ އެއް މަސް ދުވަހުގެ ކުރިން ދޭ ޗިޓް ފޮނުވާފައެވެ.
އެހެންނަމަވެސް، އެއް މަސް ވުމުގެ ކުރިން، މި މަހުގެ 8 ވަނަ ދުވަހު އޭނާ ވަނީ އެ ވަޒީފާއިން ވަކިކޮށް ލިޔުން ދީފައެވެ.
ލ.ކައްދޫ އެއަރޕޯޓުގެ އެ މަގާމަށް މީހަކު ހޯދުމަށް މިހާތަނަށް އަދި އިޢުލާނު ކޮށްފައެއް ނުވެއެވެ. މީގެ ކުރިން ކައްދޫ އެއަރޕޯޓުގައި 3 ޑެޕިޔުޓީ މެނޭޖަރުން ތިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް