N/A
N/A
ހަބަރު 14 Jan 2019 | 02:58

ޓޮޓެންހަމް ބަލިކޮށް ޔުނައިޓެޑް ގަދަ ހަތަރަކަށްކުރާ އުންމީދު އާކޮށްފި

ޓޮޓެންހަމް ބަލިކޮށް ޔުނައިޓެޑް ގަދަ ހަތަރަކަށްކުރާ އުންމީދު އާކޮށްފިއެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ގޯލް ކީޕަރު ޑޭވިޑް ޑިގެއާގެ ފަރާތުން އާދަޔާހިލާފު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗު އެޓީމް ކާމިޔާބުކުރީ 1-0 ކުންނެވެ. މިއާއެކު ޔުނައިޓެޑުގެ ކެއާ ޓޭކާ މެނޭޖަރ ޝޯލްޝާ މިހާތަނަށް އެޓީމަށް އިރުޝާދު ދިން ހަ މެޗުންވެސް މޮޅުވީކަން ފާހަގަކޮށްލަންޖެހެއެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑު ކާމިޔާބުކޮށް ޔުނައިޓެޑް މެޗުން މޮޅުކޮށްދިނީ މާކަސް ރަޝްފޯޑްއެވެ. ރަޝްފޯޑް މި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ޕޯލް ޕޮގްބާ ދިން ރީތި ދިގު ޕާހަކުންނެވެ.

މި މެޗުން ޔުނައިޓެޑް ތިން ޕޮއިންޓް ކަށަވަރު ކުރިނަމަވެސް ދެވަނަ ހާފް އެއްކޮށް ޑޮމިނޭޓްކޮށްފައިވަނީ ޓޮޓެންހަމްއެވެ. ޓޮޓެންހަމްވަނީ ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ނުރައްކާތެރި އެތައް ހަމަލާތަކެއް ޔުނައިޓެޑުގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. އެގޮތުން ޓޮޓެންހަމް މި މެޗުގައި ފޮނުވާލި 21 ހަމަލާގެ ތެރެއިން 11 ހަމަލާވަނީ ޓާގެޓަށް ފޮނުވާލާފައެވެ.

ހުށިޔާރު ފޯވަޑް ހެރީ ކޭން ގޯލައި އަމާޒުކުރި ހުރިހާ ހަމަލާތަކެއް ޑިގެއާ މަތަކުރިއިރު ޑެލެ އަލީ، އަދި ޓޯބީ އަލްޑެވިއެރެލްޑް ފޮނުވާލި ނުރައްކާތެރި ބޯޅަތަކުގެ ހުރަހަކަށްވީވެސް މެޗުގެ މޮޅު ކުޅުންތެރިޔާކަން ހޯދި ޔުނައިޓެޑުގެ ކީޕަރު ޑިގެއާއެވެ.

މެޗައި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝޯލްޝާ ބުނީ ޔުނައިޓެޑުގެ ފަރާތުން ފުރަތަމަ ހާފުގައި ފެނުނު ކުޅުމައި ދޭތެރޭ ހިތްހަމަޖެހޭ ކަމަށައި ނަމަވެސް ދެވަނަ ހާފުގަ އިދިކޮޅު ޓީމުން އޭނާގެ ޓީމް ޕްރެޝަރަށް ވައްޓާލިކަމަށެވެ. ޔުނައިޓެޑުގެ ޑިފެންސް މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިކަމަށައި ކީޕަރު ޑިގެއާގެ ފަރާތުން ފެނުނު މޮޅު ކުޅުންވެސް އޭނާގެ ވާހަކައިގަ ފާހަގަކޮށްފައިވެއެވެ.

ޔުނައިޓެޑް މި މެޗުން ހޯދި ކާމިޔާބީއާއެކު ކެއާ ޓޭކާ މެނޭޖަރ ޝޯލްޝާވަނީ ސަރ މެޓް ބުސްބީގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. އެއީ ލީގުގައި ޔުނައިޓެޑަށް އިރުޝާދު ދީގެން ކުޅުނު ފުރަތަމަ ފަސް މެޗް ކާމިޔާބުކޮށްގެންނެވެ.

ޓޮޓެންހަމްގެ ކޯޗް ޕޮޗެޓީނޯ ބުނީ މެޗުގެ ދެވަނަ ހާފުގަ ޓޮޓެންހަމްގެ ފަރާތުން ފެނުނު ކުޅުމަކީ އޭނާ އެ ކްލަބުގައި ހޭދަކުރި ހަތަރު އަހަރައި ބައިގެ ތެރޭގައި ފެނުނު އެންމެ މޮޅު ކުޅުން ކަމަށެވެ. ފުޓްބޯޅައިގަ އަންނާނީ މޮޅުވާ ފަހަރުތަކައި ބަލިވާ ފަހަރުތައް ކަމުގައިވެސް ޕޮޗެޓީނޯ ބުންޏެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ހަތަރު މެޗުން މި ސީޒަނުގަ ޓޮޓެންހަމް ބަލިވެފައިވާއިރު މިއީ 2015 ވަނަ އަހަރުގެ މޭ މަހުގެ ފަހުން އެޓީމް ލީގުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވި ފުރަތަމަ ފަހަރުވެސްމެއެވެ.

ލީގުގެ ކުރިއަށް އޮތް މެޗުގައި ޔުނައިޓެޑް ބްރައިޓަންއައި ދެކޮޅަށް ނުކުންނައިރު ޓޮޓެންހަމް ކުޅުމަށް ހަމަޖެހިފައިވަނީ ރެލިގޭޝަން ޒޯނުގައި އޮތް ފުލަމްއާއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...