ޕޫލު ހަދާނެ ބިން ލިބިއްޖެ، ދެން އޮތީ ކުރެހުމާއި ފަންޑު ހޯދުން!
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދާ އެއްގޮތަށް، ސްވިމިން ޕޫލު ހަދާނެ ބިން ލިބިފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ އެ ވައުދު ފުއްދުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މިނިސްޓްރީއިން ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ.
މަހްލޫފް ވިދާޅުވީ މިއަދު ސްވިމިން އެސޯސިއޭޝަނާ ބައްދަލުކޮށް، ޕޫލުގެ ކުރެހުމަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ފަންޑު ހޯދައި، ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ މަހުލޫފު އިތުރަށް ވިދާޅުވީ، 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބާއްވާއިރު، އެ ޕޫލަކީ މުބާރާތް ބޭއްވޭ ވަރުގެ އިންޓަނޭޝަނަލް ސްޓެންޑާޑްގެ ޕޫލަކަށް ވެގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް