ގެއެއްގެ މަތީން މީހަކު ވެއްޓި ވަރަށް އަނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ގެއެއްގެ މަތީން މީހަކު ވެއްޓި ވަރަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މާލޭ، މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތުމިރޭ 18:20 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ދެންމެ ބުނީ އެ މީހާ ވެއްޓުނީ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅަށް ކަމަށް ފުލުހުން ބުނެ އެވެ. ވެއްޓިފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ. އެއީ 30 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް