ގައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމު ބިނާ ކުރަންވާނީ، އިސްލާމް ދީނުގެ މައްޗަށް: ރައީސް ޑރ.މުޢިއްޒު
ދިވެހި ގައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމު ބިނާ ކުރަންވާނީ، އިސްލާމް ދީނުގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، ބައިނަލްއަގުވާމީ ޑިމޮކްރެޓިކް ދުވަހުގެ މުނާސަބަތުގައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ދިވެހި ގައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމު ބިނާ ކުރަންވާނީ، އިސްލާމް ދީނާއި، ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމަތަކާއި ދިވެހިވަންތަ އާދަކާދަ ތަކުގެ މައްޗަށް ކަމަށެވެ.
ޑިމޮކްރެޓިކް ނިޒާމަށް ރާއްޖޭގައި އަމަލުކުރަމުން އަންނަތާ 16 އަހަރު ފުރިފައިވާއިރު، ފާއިތުވެ ދިޔަ އަހަރު ތަކުގެ ތެރޭގައި ދިވެހި ދައުލަތުގެ ތިން ބާރު ވަކިކުރެވި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް