ކުޅުދުއްފުށި އަދި ހޯރަފުށީގައި އެއާޕޯޓު އެޅުމަކީ މޮޔަކަމެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަކުރައްވައިފި
ހދ.ކުޅުދުއްފުށީގައި އަޅާފައިވާ އެއާޕޯޓާއި ހއ.ހޯރަފުށީގައި މިހާރު އަޅަމުންގެންދާ ރީޖަނަލް އެއާޕޯޓުގެ މަސައްކަތަކީ މޮޔަކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.
އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ އެމްޑީީޕީގެ ޒުވާނުންގެ ކޮންގްރެސްގެ ސެޝަނެއްގައި ވާހަކަފުޅު ދައްކަަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެތަންތަނުގެ އެއާޕޯޓެއް އެޅުމަކީ މޮޔަކަމެއް ކަމަށާއި އޭގެ ބަަދަލުގައި ހަގީގީ ތަރައްގީ ހޯދަން ރައްޔިތުން މަސައްކަތް ކުރަންޖެހޭނެކަމަށެވެ. އެގޮތުން ހަގީގީ ތަރައްގީއަކީ އުމްރާނީ ތަރައްގީ ނޫންކަމަށާއި މީހާއަށް އަންނަ ކުރިއެރުމުގެ ގޮތުގައި ރައީސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.
"ތަރައްގީއަކީ ތިމާޔަށް ވާ ގޮތެއް، ތިމާޔަށް އަންނަ ބަދަލެއް. އެއީ ބޮޑު ހިލަ ބަނދަރެއް ނޫން. އެއީ ރަށުގެ އެއްކައިރީގައި އޮންނަ އެއާޕޯޓެއް ނޫން“، ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވަނީ ރަށު ތަރައްގީގެ ސިޔާސަތު ބަދަލުކޮށް، ތަރައްގީގެ ނަމުގައި ރާއްޖޭގެ ވަސީލަތްތައް ހަލާކު ނުކުރުމަށްވެސް އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް