ްލަންކާގެ ނުރައްކާތެރި ކުށްވެރިންތަކެއް ރާއްޖެއަށް އަންނަން އުޅެނިކޮށް ހުއްޓުވައިފި
ލަންކާގެ ނުރައްކާތެރި ކަމަށް ތުހުމަތުކުރެވޭ ކުށްވެރިއަކާއި ގުޅުން ހުންނަ ފަރާތްތަކެއް ރާއްޖެއަށް އަންނަން އުޅެނިކޮށް އަތުލައިގެންފިއެވެ.
މި ފަރާތްތައް ހިފަހައްޓާފައިވަނީ ރާއްެޖެއަށް ފުރަން އުޅެނިކޮށް، ލަންކާގެ ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.
އިއްޔެގެ ވަގުތެއްގައި މި ފަރާތްތައް ހައްޔަރުކޮށްފައިވަނީ ދުބާއީގައި ތިބުމަށްފަހު އިއްޔެ ހެނދުނު ލަންކާއަށް އައިސް، ރާއްޖެއަށް ދިއުމަށް އުޅެނިކޮށެވެ.
ހައްޔަރު ކުރި މީހުންނަކީ، ކަންޖިޕަނީ އިމްރާން، އަނުޝްކާ ކައުޝަލް، އަމީލާ ސަންޕަތުގެ އިތުރުން އެންޑަސަން ފެނާންޑޭޒް އެވެ.
ލަންކާގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މިފަރާތްތަކަކީ މީހުން މެރުމުގެ ތުހުމަތު ކުރެވިފައިވާ ފަރާތްތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް