ފަނޑިޔާރުންގެ ބެންޗްގެ މައްސަލަ ނުބެލޭނެކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގްގެ ދައުވާގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ މައްސަލަ ބެލެން ނެތްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ރައީސް ޔާާމީން ހުށައެޅުއްވި މައްސަލައިގެ ޖަވާބުގައި ސުޕްރީމް ކޯޓުން ބުނީ ހުށައަޅާފައިވާ މައްސަލައަކީ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިހުތިސާސްގެ ދަށުން ފިޔަވަޅު އަޅަން ޖެހޭފަދަ މައްސަލައެއް ނޫންކަމަށެވެ.
އެކޯޓުން ބުނީ މައްސަަލަ ބައްލަވާ ގާޟީއެއްގެ މައްސަލައެއް ފާހަގަކުރެއްވޭނަމަ، ފަނޑިޔާރުންނާއި ގުޅޭ އެފަދަ ކަންކަން ބައްލަވާ އިދާރާއަކަށް ހުށައެޅިދާނެކަމަށެވެ.
އަދި މައްސަލައިގެ ހުކުމަށް ސީދާ އަސަރުކުރާނެކަމަށް ގަބޫލުުކުރެވޭފަދަ ކަންކަން ހުރިނަމަ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެފަދަ ކަންކަން ފާާހަގަކޮށް، އިސްތިއުނާފު ކުރެވިދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް