ހުޅުމާލެ ސަހަރާ ކުރިމަތީގައި އޮތް ވޭނެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ!
ހުޅުމާލެ ސަހަރާ ކުރިމަތީގައި އޮތް ވޭނެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 1 ސަހަރާ ކުރިމަތީ މަގުގައި ޕާކް ކޮށްފައިވާ ވެހިކަލެއްގައި މީހަކު ހަބަރު ހުސްވެފައި އޮއްވާ ފެނިގެން އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށާއި، މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ އެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް