މާލީ ހާލަތު ދަށްވެ، ޕީއެސްއެމްއިން މުވައްޒަފުން ވަކިކުރަން ލަފާދީފި
މާލީ ހާލަތު ދަށްވުމުގެ ސަބަބުން ޚަރަދު ކުޑަކުރުމުގެ މަގުސަދުގައި ޕީއެސްއެމްގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ލަފާދީފިއެވެ.
ޕީސީބީން ނެރުނު އެކުންފުނީގެ ފުރަތަމަ ކުއާޓާގެ ރިޕޯޓްގައިވާ ގޮތުގައި ޕީއެސްއެމްގެ ޖުމްލަ އާމްދަނީ ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓާއާއި އަޅާބަލާއިރު 5.74 މިލިއަން ރުފިޔާ ދަށްވެފައެވެ.
ޕީއެސްއެމްގެ އާމްދަނީ މިއަހަރުގެ ފުރަތަަމަ ކުއާޓާގައި ވަނީ 6.17 މިލިއަން ރުފިޔާ އަށް ވެއްޓިފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެ އާމްދަނީ ހުރީ 11.9 މިލިޔަން ރުފިޔާގައެވެ.
މީގެ އިތުުރުން އެ ކުންފުނިން ކުރި ހަރަދު މިދިޔަ އަހަރުގެ ފަހު ކުއާޓަރަށް ވުރެ 18.26 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.
އަދި އެކަމުގެ ސަބަބުން ކުންފުނީގެ ގެއްލުން ވަނީ 45.84 މިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް