N/A
N/A
ހަބަރު 19 Sep 2019 | 12:01

އުއްމީދަކީ ނަޝީދުގެ ވެރިކަމުގައި މަސައްކަތް ކުރެއްވެވި ގޮތަށް މިހާރުވެސް މަސައްކަތް ކުރައްވާނެކަމަށް: ސަފީރު

އުއްމީދަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ދެ ޤައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ކުރެއްވި މަސައްކަތް މިހާރުވެސް އަދާކުރެއްވުން ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވެއްޖެއެވެ.

އަވަސް އޮންލައިންއަށް ދެއްވި ބަސްދީގަތުމެއްގައި ޗައިނާ ސަފީރުވަނީ ނަޝީދުގެ ވެރިކަމުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރައްވަން ކުރެއްވި މަސައްކަތް މިހާރުވެސް ކުރައްވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ޗައިނާ ސަފީރު ވިދާޅުވީ ނަޝީދާދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭގޮތުން އެމަނިކުފާނާ ދެފަހަރެއްގެ މަތީން ބައްދަލުކުރައްވައި ރާއްޖެ-ޗައިނާ ގުޅުމާބެހޭ ގޮތުން ވަރަށް ފުޅާކޮށް މަޝްވަރާކުރެވުނު ކަމަށެވެ.

މަޖިލިސް ރައީސް ނަޝީދު ވަނީ ޓޫރިޒަމާއި، އިންވެސްޓް އަދި ތިމާވެށި ހިމާޔަތްކުރުމަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތަކަށް ވަރަށް ތައުރީފު ކުރެއްވިކަންވެސް ސަފީރު ހާމަކުރެއްވި އެވެ.

"އެހެންވީމާ، ނަޝީދުގެ ވާހަކަފުޅުން އަޅުގަނޑަށް ދޭހަވީ، ދެގައުމުގެ ގުޅުމަށް އެމަނިކުފާނު ވަރަށް ސަޕޯޓުކުރައްވާކަން،" ޗައިނާ ސަފީރު ވިދާޅުވި އެވެ.

ނަޝީދު ވެރިކަމުގައި ޗައިނާއެކު ވަނީ ގާތް ގުޅުމެއް ބާއްވަވާފައި.

ރައީސް ނަޝީދު ޗައިނާއިން ރާއްޖެ ދަރަނިވެރި ކުރުވަފިކަމަށާއި، ރާއްޖޭގެ ބިން ޗައިނާއިން ފޭރިގަނެފައިވާކަމަށް ތަކުރާރުކޮށް އަންނަނީ ވިދާޅުވަމުންނެވެ. އަދި މި މައްސަލާގައި ދެފަހަރެއްގެ މަތިން ސަފީރު ބައްދަލުކުރެއްވުމުންވެސް ނަޝީދު ވަނީ ޗައިނާއިން ރާއްޖޭގައި ހިންގަމުން ގެންދާ މަޝްޢޫތަކަށް ތައުރީފުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

ޗައިނާ ސަފީރު ރައީސް ނަޝީދުގެ ވެރިކަމުގައި ދެ ޤައުމުގެ ގުޅުމާ ބެހޭގޮތުން ވާހަކަދައްކަވާފައިވާއިރު، ޗައިނާ- ރާއްޖޭގެ ގާތް ގުޅުން ފެށިފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަން ފާހަގަކުރެވެއެވެ.

އެގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ޗައިނާ އެންބަސީއެއް ހުޅުވުމާއި، ޗައިނާއިން ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓް ކުރުމުގެ ފުރުސަތުތައް ފަހިކޮށްދީފައިވާ ދިނުން ފާހަގަކޮށްލެވެއެވެ. ހުޅުމާލެ ޗައިނާ ޓައުން ނަމުން މަޝްހޫރުވެފައިވާ ސޯސަލް ހައުސިންއަކީ ނަޝީދުވެރިކަމުގައި ޗައިނާއިން އަޅާފައިވާ ފްލެޓްތަކެކެވެ.

ނަޝީދު ވެރިކަމުގައި ޗައިނާއެކު ވަނީ ގާތް ގުޅުމެއް ބާއްވަވާފައި.

ސަފީރު ވަނީ ނަޝީދުގެ ވެރިކަމުގައި ވެސް އެކި ދާއިރާތަކުން ޗައިނާ އިން ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާ ކަން މި ބަސްދީގަތުމުގައި ފާހަގަކުރައްވާފައެވެ. އެހެންކަމުން ނަޝީދުގެ ވިސްނުންފުޅު ދެ ޤައުމުގެ ގުޅުމާ މެދު ހުރިގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށްވެސް ސަފީރު ވަނީ ގޮވާލައްވާފައެވެ.

"ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ނަޝީދުވެސް ވަނީ އެމަނިކުފާނުގެ ދައުރު ރަނގަޅަށް އަދާކުރައްވާފައި. އަޅުގަނޑުގެ އުއްމީދަކީ އެ މަސައްކަތް މުސްތަގުބަލުގައިވެސް ނަޝީދު ކުރައްވާނެކަމަށް. އެހެންވީމާ، ދެގައުމުގެ ގުޅުމާމެދު ނަޝީދުގެ ވިސްނުންފުޅު ހުރި ގޮތެއް ސީދާ ދިވެހި ރައްޔިތުންނަށް އެބަ ސާފުކޮށްދެއްވަންޖެހޭ،" ސަފީރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...