އެމްޑަބްލިޔުއެސްސީގެ ބިލް ގަވާއިދުން ނުދައްކާ 13ހާހަށްވުރެ ގިނަ ފަރާތް އެބަތިބި!
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ބިލްތައް ގަވާއިދުން ނުދައްކާ 13،000 އަށްވުރެ ގިނަ ކަސްޓަމަރުން އެބަތިބިކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ އާދަމް އާޒިމް ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރުންގެ ތެރެއިން ތަފާތު އެކި ސަބަބުތަކާއި ގުޅިގެން ގަވާއިދުން ބިލް ނުދައްކާ ގިނަ ފަރާތްތަކެއް އެބަތިބި ކަމަށެވެ. އެފަދަ ކަސްޓަމަރުންގެ އަދަދު ގާާތްގަނޑަކަށް 13،894އަށް އަރާާކަމަށް އާޒިމް ވިދާޅުވިއެވެ.
ނަމަވެސް މިފަދަ ފަރާތްތަކަށް އަމާޒުކޮށް އެކުންފުނިން ވަނީ ލުއިތަކެއް ހޯދައިދިނުމަށް ނިންމާފައެވެ. އެގޮތުން އަންނަ އަހަރު ޖޫންމަހުގެ 16ވަނަ ދުވަހުގެ ކުރިން އެ ބިލްތައް ދައްކައިފިނަމަ ޖޫރިމަނާއަށް ދައްކަންޖެހޭ ފައިސާ އެއްކޮށް މައާފު ކުރާގޮތަށް އެމްޑަބްލިޔުއެސްސީން ވަނީ ނިންމާފައެވެ.
އަދި މިފަދަ ބިލްތަކަށް ދައްކަންޖެހޭ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދެއްކޭނެގޮތްވެސް ވަނީ ހަމަޖައްސާފައެވެ.
އާޒިމް އިތުރަށް ވަނީ ބިލްތަކަށް ޖޫރިމަނާ ނަގަމުން އައި އުސޫލަށްވެސް ބަދަލުގެނައުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން ކުރިން ބޭނުންކުރަމުން އައި ކޮމްޕައުންޑް އިންޓްރެސްޓްގެ އުސޫލުގެ ބަދަލުގައި ސިމްޕަލް އިންޓްރެސްޓް އުސޫލުން ޖޫރިމަނާ ނަގާނެކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
"ދެން ފައިސާ ނުދައްކާ ބިލުތަކަށް އިންޓްރެސްޓް ނަގަމުން އަންނާނީ ބިލުގެ އަދަދުގައި އޮންނަ ބެލެންސަަށް އެކަނި." އާޒިމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް